ޑިސެންބަރު 1 އިން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލް ރިސެސްއަށް

2025 ޑިސެންބަރު 1 އިން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލް ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

އެ ޓްރައިބިއުނަލުން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައިވަނީ 01 ޑިސެންބަރު 2025 އިން ފެށިގެން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އޮންނާނީ ރިސެސްގައި ކަމަށެވެ.

މީގެ އިތުރުން ރިސެސްގެ މުއްދަތުގައި، މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ނުބޭއްވިކަމުގައިވީނަމަވެސް، މިހާރު ތާވަލުކުރެވިފައިވާ އަޑުއެހުންތަކާއި، އަވަސް ގޮތެއްގައި ޓްރައިބިއުނަލުން ބަލަންޖެހޭ މައްސަލަތަކުގެ އަޑުއެހުންތަކާއި، ކޮންމެހެން އަޑުއެހުމެއް ބާއްވަންޖެހޭކަމަށް އެ މައްސަލަ ބައްލަވާ މަޖިލީހަކަށް ފެނިވަޑައިގަންނަވާ މައްސަލަތަކުގެ އަޑުއެހުންތަކާއި، މި މުއްދަތުގެ ތެރޭގައި މައްސަލަތަކާ ގުޅިގެން ހުށަހަޅަންޖެހޭ ޖަވާބު ނުވަތަ ހެކި ނުވަތަ ބަޔާން ހުށަހެޅުން އެ މައްސަލައެއް ބައްލަވާ މަޖިލީހަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށް ދާނެ ކަމަށް ޓްރައިބިއުނަލުން ބުނެއެވެ.

އަދި ރިސެސްގެ މުއްދަތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަތައް ބަލައިގަތުމާއި، ޓްރައިބިއުނަލުގެ އިދާރީ ޚިދުމަތްތަކާބެހޭ އެންމެހައި މަސައްކަތްތައް އާންމު އުޞޫލުން ހިނގަމުންދާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް