ލަންކާއަށް ދަތުރުކުރާ މީހުން އެއާޕޯޓަށް ދިއުމުގެ ކުރިން އެންގުމަށް އެދިއްޖެ

ސްރިލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، އެގައުމަށް ދަތުރުކުރާ މީހުން އެއާޕޯޓަށް ދިއުމުގެ ކުރިން އެންގުމަށް ސްރިލަންކަން އެއާލައިންސް އެދިއްޖެއެވެ.

އެ އެއާލައިނުން މިރޭ ކުރި އިއުލާނެއްގައި ބުނީ، ވިއްސާރައިގެ ސަބަބުން ފްލައިޓުތައް ޑިލޭވެ އަދި ކެންސަލްވަމުން ދާތީ މާދަމާ އާއި އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެ އެއާލައިނުން ދަތުރު ކުރަން ހަމަޖެހިފައިވާ ފަސިންޖަރުން ފުރަން އެއާޕޯޓަށް ދިއުމުގެ ކުރިން އަންގަން އެދޭ ކަމަށެވެ.

ސްރީލަންކަން އެއާލައިނުން ބުނީ ފުރާ މީހުން ވައިބާ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް 7926778 އަށް ގުޅުމަށް އެ އެއާލައިނުގެ ނޯޓިސްގައި އެދިފައި ވެ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް 15،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 78،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ދާން މަޖުބޫރު ވެފައިވާ ކަމަށެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު، ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް