މާލޭަގައި އަލިފާނުގެ ހާދިސާއެއް

ހެންވޭރުގައި ހުންނަ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާން ރޯވެފައިވަނީ ހެންވޭރުގައި ހުންނަ ހޮޓެލް އަލް-ޒައިކާގެ ބަދިގޭގައިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 12:44 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފްގެ ފަޔަރު ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލައިފައިވާކަމަށެވެ.

އެގޮތުން، ފަޔަރު ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 13:00 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެ ހޮޓަލުގައި މަސައްކަތްކުރި ބިދޭސީއެއްގެ ފައި ވަނީ ފިހިފައެވެ. އޭނާއަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް