ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަގުވަޒަންކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން އެމް.އެސް.އެސް.އެމް.އީ އެވޯޑު 21 ފަރާތަކުން ހޯދައިފިއެވެ. މި އެވޯޑު ދީފައިވަނީ ދެ ގިންތިއަކުންނެވެ. އެއީ އާންމުންގެ ވޯޓުން ހޮވާ ގިންތިއަކާއި، ފަނޑިޔާރުންގެ މާކްސްއިން ހޮވާ ގިންތިއެކެވެ. މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025އަކީ ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މި އެވޯޑަށް ކުރިމަތިލުމަށް މައިގަނޑު 22 ދައިރާއެއް ދެ ގިންތިއަށް ބަހާލައިގެން ކުރިމަތިލުމަށް ހުޅުވާލާފައިވެއެވެ. މިއެވޯޑު ދިނުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރެވެ. މާލީ ވަޒީރުގެ އިތުރުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު އަދި ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިތުރުން ސަރުކާރުން އިސް ބައެއް ފަރާތްތައް މި ހަފްލާގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިހަފްލާގެ އެންމެ ޝަރަފުވެރި 3 އެވޯޑު ކަމަށްވާ އަހަރުގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހޮވުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ މާލީ ވަޒީރު މޫސާ ޒަމީރުއެވެ.
ކުދިއަދި މެންދުފަންތީގެ ވިޔަފާރި
* މައިކްރޯ އެމްއެސްއެމްއީ އޮފް ދަ އިޔަރ - ނޮޑީސް ކޮފީ * ސްމޯލް އެމްއެސްއެމްއީ އޮފް ދަ އިޔަރ - ލޫޕް ކްރާފްޓް ޕްރައިވެޓް ލިމިޓެޑް * މީޑިއަމް އެމްއެސްއެމްއީ އޮފް ދަ އިޔަރ - އޮއިވާލި އާޓް ޝޮޕް
މި ހަފްލާގައި ފަނޑިޔާރުންގެ މާކްސްއިން އިތުރު 8 ފަރާތްތަކަށްވެސް އެވޯޑު ވަނީ ދީފައެވެ. * ސްޓާޓް އަޕް އޮފް ދަ އިއަރ - ސިނެޓެކްސް ޕްރައިވެޓް ލިމިޓެޑް * ގްރީން އެމްއެސްއެމްއީ އޮފް ދަ އިއަރ - ފަހި ގޮވާން * ޓެކް އެމްއެސްއެމްއީ އޮފް ދަ އިއަރ - ޕިނެޓް ވޯކްސް ޕްރައިވެޓް ލިމިޓެޑް * އައުޓް ސްޓޭންޑިން ސޯޝަލް ކޮންޓްރިވިއުޝަން އޮފް ދަ އިއަރ - ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް * ކްރިއޭޓިވް އެމްއެސްއެމްއީ އޮފް ދަ އިއަރ - އެންކްރިއަރ ޕްރައިވެޓް ލިމިޓެޑް * ނެކްސްޓް-ޖެން އެމްއެސްއެމްއީ އޮފް ދަ އިއަރ - ޖަވާބު ޕްރައިވެޓް ލިމިޓެޑް * ޔޫތް-ލެޑް އެމްއެސްއެމްއީ އޮފް ދަ އިއަރ - ފޯ ދަ ސޮއުލް ބައި ހިމޫ * ވުމަން-ލެޑް އެމްއެސްއެމްއީ އޮފް ދަ އިއަރ - މާޔާ ނާސިހް
މި ހަފްލާގައި އާންމުންގެ ވޯޓުން އެންމެ މަޤްބޫލު ވިޔަފާރިތަކަށް 11 އެވޯޑެއްވެސް ވަނީ ހަވާލުކޮށްފައެވެ. * އެންމެ މަޤްބޫލު އެމްއެސްއެމްއީ: އެންޓެޓައިންމެންޓް - ޑީޓިއުން ބޭންޑް * އެންމެ މަޤްބޫލު އެމްއެސްއެމްއީ: މިއުޒިކް ޕްރޮޑަކްޝަން - މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ * އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފޮޓޯގްރަފީ - ލައިޓްސް އައުޓް * އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފިލްމް ޕްރޮޑަކްޝަން - ދަ ކްރިސްޓަލް ކޮމްޕެނީ * އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފައިން އާޓިސަން - މެކްރަމަމާ * އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފިޓްނެސް އެންޑް ރެކްރިއޭޝަން - ލެގަސީ ފިޓްނެސް * އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފެޝަން އެންޑް އެޕަރަލް ޑިޒައިން - ފާތިމާ * އެންމެ މަޤްބޫލު އެމްއެސްއެމްއީ: ލައިފް ސްޓައިލް ބްރޭންޑް - ޓްރޮޕިކަލް ޑިޒައިންސް * އެންމެ މަޤްބޫލު އެމްއެސްއެމްއީ: އެފް އެންޑް ބީ - މެރަކީ * އެންމެ މަޤްބޫލު އެމްއެސްއެމްއީ: ކޮންޓެންޓް ކްރިއޭޝަން - ތަކެތި * އެންމެ މަޤްބޫލު އެމްއެސްއެމްއީ: މާކެޓީން - ލޫޕް ކްރާފްޓް
ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެ ވިޔަފާރިތަކުން މަސައްކަތް އަގުވަޒަންކޮށް އެވޯޑެއް ދިންއިރު، ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކުވެސް މި އެވޯޑު ދޭނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވިއެވެ.





