ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތް ދިނުމަށް އިމާރާތެއް އިތުރުކުރަނީ

ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ ފަރަތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޤާސިމެވެ. އަދި ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގ މެނޭޖަރ، މުޙައްމަދު ޢިމާދެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު އަރިހުގައި ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުލް ލަތީފް މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި ޕްރޮޖެކްޓުގެ އަގަކީ 4.9 މިލިއަން ރުފިޔާއެވެ. މިޕްރޮޖެޓްގެ ސްކޯޕްގެ ތެރޭގައި ސީޓީ ރޫމް، އެކްސްރޭ ރޫމް އަދި އަލްޓްރާސައުންޑް ސްކޭން ރޫމް އަދި ސްޕީޗް ތެރަޕީ ރޫމް ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް