އަންނަ މާޗު މަހަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމާލަނީ

ރަސްމާލެ ހިއްކުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިމޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުތައް ފެށުމަށް ނިންމަވާފައިވާ ރަސްމާލެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް އަންނަ މަހުގެ ތެރޭގައި ބޮޑު ޑްރެޖަރެއް އަންނާނެކަމަށެވެ.

އެގޮތުން ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ޑްރެޖަރުތަކަށްވުރެ ބޮޑު ޑްރެޖަރަކާއެކު ބިން ހިއްކުމުގެ މަސައްކަތް އަވަސްވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިވަގުތުވެސް 3 ސަރަޙައްދަކުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަސް ނުވަތަ އޭޕްރީލް މަހާއި ހަމައަށް ނިންމޭނެކަމަށެވެ.

"ރަސްމާލެ ހިއްކާ ނިމޭނެ އަންނަ މާރިޗު ނުވަތަ އޭޕްރީލް މަހާހިސާބަށް، އެއީ ހުޅުމާލެއަށްވުރެ ތިންގުނަ ބޮޑު ސަރަޙައްދެއް. ޖުމްލަ 25000 ގޯތިދޫކުރުމަށް ނިންމާފައިވަނީ. ފުރަތަމަ ބުރުގައި 15000 މިހާރުވާނީ ޢިއުލާން ކުރެވިފައި." ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް