ޚާރިޖީ ވަޒީރު ސުރިނާމްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު، ޑޮކްޓަރ އަބްދުﷲ ޚަލީލް، ސުރިނާމްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މެލްވިން ބޯވާ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، ވަޒީރު، މެލްވިން ބޯވާ އަށާއި ސުރިނާމްގެ ސަރުކާރަށާއި އެންމެހާ ރައްޔިތުންނަށް، ސުރިނާމްގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގައި ދިވެހިރާއްޖެ އާއި ސުރިނާމް އިން ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަވެގެންދާނެކަން ޔަގީން ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

"‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް