އަތޮޅު ކައުންސިލްތައް އުވާލަން ފާސްކޮށްފި

އަތޮޅު ކައުންސިލް އުވާލަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ބިލްގައި އަތޮޅު ކައުންސިލްތައް އުވާލަން ހުށަހެޅި ބިލުގައި އޮތް ބަދަލަކީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ އިސްލާހުކޮށް، އަތޮޅު ކައުންސިލްގެ ބައި އެ މާއްދާއިން އުނި ކުރުމެވެ.

މިހާރު ޤާނޫނު އަސާސީގައިވާ ގޮތުން މެންބަރަކު ޕާޓީން ވަކި ކުރާ ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. މި އިސްލާޙު ގެންނަން ނުފެންނަ ކަމަށް މެންބަރުން ވިދާޅުވީ، އޭގެ ސަބަބުން ދެފަހަރަށް އެއް ދާއިރާއެއްގައި އިންތިޚާބު ބާއްވަން ޖެހި ޚަރަދުތައް ބޮޑުވާނެތީއެވެ.

އަދި މެންބަރުން އިންތިޚާބު ކުރަނީ، ރައްޔިތުން ވަކި ޕާޓީއަކަށް އިތުބާރު ކޮށްގެން ކަމަށްވާއިރު އެ މެންބަރަކު އެ ޕާޓީން ވަކިކުރާ ހާލަތުގައި މެންބަރެއްގެ ގޮތުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އޭގެ ބަދަލުގައި ދެވަނަ ފަހަރަށް އިންތިޚާބު ބާއްވައި ރައްޔިތުން ބޭނުންވާ މެންބަރަކު އިންތިޚާބު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ މެންބަރުން ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ވަނީ، ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާޙުގައި އެ މާއްދާ އުވާލަން ފާސްކޮށްފައެވެ.

އަތޮޅު ކައުންސިލްތައް އުވާލަން ހުށަހެޅި އިސްލާހު ފާސް ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ބަދަލުކުރަން ވެސް އެ އިސްލާހުގައި ހުށަހެޅި ނަމަވެސް އެ ބައި ކޮމެޓީން ވަނީ އުނިކޮށްފަ އެވެ.

މި މައްސަލައިގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މަޖިލީހުންވެސް ފާސްކުރީ، ކޮމިޓީން ނިންމި ގޮތަށް ޤާނޫނު އަސާސީ އިސްލާޙުކޮށް އަތޮޅު ކައުންސިލް އުވާލުމަށެވެ. މި އިސްލާޙު ފާސްކުރީ، 75 މެންބަރުންގެ ވޯޓުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް