އިންފްލުއެންޒާ އާއި ޑެންގީ ފެތުރުން އިތުރުވެއްޖެ
މާލޭގައި އިންފްލުއެންޒާ އަދި މާލެ އަތޮޅުގެ ދެ ރަށެއްގައި ޑެންގީ ވަރަށް ގަދައަށް ފެތުރެމުންދާ ކަމަށް ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފައިސަލް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގައި އިންފުލުއެންޒާ ވަރަށް ގަދައަށް ފެތުރެމުންދާކަމަށެވެ.

މާލެ އަތޮޅު ހިންމަފުށްޓާއި މާފުށީގައި ޑެންގީގެ ކޭސްތައް ގިނަ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ ބައެއް ކުދިންގެ ގައިގައި ރިއްސާ، ނުހިނގޭ ހިސާބަށްވެސް ދާކަމަށާއި، އެހެން ކަމުން ކުދިންނަށް ވެކްސިން ޖަހަން އިލްތިމާސްކޮށްފައިވެއެވެ.

އިންފްލެއެންޒާ ވައިރަހުގެ އެންމެ ނުރައްކާތެރި ވަނީ ކުޑަކުދިންނާއި މުސްކުޅިން، އަދި މާބަންޑު އަންހެނުންނަށެވެ.

 

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް