މާލޭ ފެންބޮޑުވަމުން ދާތީ، ފެން ހިންދަން ސިފައިން ނުކުމެއްޖެ

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ރެއިން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވިއްސާރަވާނެތީ ސަމާލުވެތިބުމަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް