އަނެއްކާވެސް މަސްތުވާތަކެއްޗާއެކު އެންޑީއޭގެ މުވައްޒަފެއް ހައްޔަރުކޮށްފި

އަނެއްކާވެސް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިސްމާއިލް އަބްދުﷲ، 42، ގދ.ގައްދޫ އެވެ.

ބަންދުގެ މައްދަތު ޖަހަން މިއަދު ކޯޓަށް އޭނާ ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކޯޓުގައި ފުލުހުން ބުނެފައިވަނީ، އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފޭންކޮޅެއް އޭގެ ތެރެއިން ފެނިފައިވެ އެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު ޓީއެޗުސީއަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް