ސިޒޭރިއަން ހެދުމުގެ ތެރެއިން އައްޑޫ ޒުވާނަކު މަރުވެއްޖެ
އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)ގައި ސިޒޭރިއަން ހެދި މާބަނޑު ޒުވާނަކު ހާލު ސީރިއަސްވެ މަރުވެއްޖެ އެވެ.

ސިޒޭރިއަން ހެދުމުގެ ތެރެއިން މަރުވެފައިވަނީ ހިތަދޫއަށް އުފަން އުމުރުން 28 އަހަރުގެ އާއިޝަތު ނަޒާހަތު އަހްމަދުދީދީ އެވެ.

އެ އަންހެން މީހާ ހާލު ގޯސްވެ މަރުވި އިރު، ކުއްޖާ އަށް ވެސް މިހާރު އަންނަނީ އޭއިއެޗްގައި ފަރުވާ ދެމުންނެވެ. އަދި ކުއްޖާގެ ހާލު ވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މި މަރާ ގުޅިގެން އައިއެމްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވިހެއުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ މާބަނޑު މީހާ މިއަދު ހެނދުނު ވިއްސަން ޝެޑިއުލްކޮށްފައި ވަނިކޮށް ރޭ ފަތިހު ކުއްލިއަކަށް ހާލު ގޯސްވީ ކަމަށެވެ.

ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި އެ މީހާގެ ހާލު އެ ހާދިސާއާ ހަމައަށް ވެސް ރަނގަޅު ކަމަށް ހޮސްޕިޓަލްގެ ބަޔާނުގައިވެ އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހިސާބަށް ވެސް ލިބެމުންދިޔަ ފަރުވާއާ މެދު ހިތްހަމަޖެހި މެޑިކަލް ޓީމާ އެކު ބަލިމީހާ ދިޔައީ ކަންތައްތައް ހިއްސާކުރަމުންނެވެ.

އައިއެމްޑީސީން ބުނީ އެ މީހާގެ ހާލަތު ކުއްލިއަކަށް ރޭ ފަތިހު ގޯސްވި އިރު އެއީ ކުރިން ބަލިމީހާގެ ފަރާތުން ފެނިފައި ނެތް ހާލަތެއް ކަމަށާއި އެހެންވެ އިމަޖަންސީގައި ވަގުތުން ފަރުވާދޭން ފެށި ކަމަށެވެ.

އައިއެމްޑީސީން ބުނީ އެ މައްސަލަ ހެލްތު މިނިސްޓްރީ އާއި ގުޅުން ހުރި އެހެން އިދާރާތަކުން ވެސް ބަލައި ދިރާސާކުރަމުން އަންނައިރު އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެކަމުގައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ކަމެއްގައި ވެސް އެހީ ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

މިއީ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް