ރައީސް މައްޗަންގޮޅި ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މައްޗަންގޯޅި އަވަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

އެގޮތުން ރައީސް ޑރ. މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވޭ ބައްދަލުވުން 2025 ނޮވެމްބަރު 25 ވާ އަންގާރަ ދުވަަހުގެރޭ 20:30ގައި އަމީނިއްޔާ ސްކޫލްގައި އޮންނާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ފެއްޓެވި ހަރަކާތުގެ ތެރެއިން ރޭ ވަނީ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ވާހަކަތައް އަޑު އައްސަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް