ބޭބީ ފޯމިއުލާއަކުން ޖަރާސީމު ފެނިގެން ވިއްކުން މަނާކޮށްފި

ކުޑަކުދިންނަށް ދޭ ބޭބީ ފޯމިއުލާއަކުން ނުރައްކާތެރި ޖަރާސީމެއް ފެނިފައިވާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެން ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން ބުނީ ކުލޮސްޓްރިޑިއަމް ބޮޓުލިނަމް ޖަރާސީމުން ތަޣައްޔަރުވެފައި ވަނީ ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނި ގޮތުގައި އެމެރިކާގައި އުފައްދާ އެ ފޯމިއުލާ އިން ޖަރާސީމު ފެނިފައިވުމުގެ ސަބަބުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އެމެރިކާގެ އެފްޑީއޭ އިން އަންގާފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް ވަނީ ލިބިފަ އެވެ.

އެމްއެފްޑީއޭ އިން ބުނީ އެ ފޯމިއުލާ އިން ފެނުނު ޖަރާސީމަކީ ބޮޓުލިޒަމް ކިޔާ ބައްޔެއް ފަތުރާ ޖަރާސީމެއް ކަމަށެވެ.

އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރޭންޑުގެ ހުރިހާ ބެޗެއް ވެސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް