ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް، ސަމާލުވާން އެދެފި

މިހާރު ކުރަމުން އަންނަ ވިއްސާރަ ހަފްތާއެއްހާ ދުވަހަށް ދެމިގެންދާނެކަމަަށް މޫސުމާބެހޭ ގައުމީ އިދާރާ(މެޓު) އޮފީހުން ލަފާކޮށްފި އެވެ.

މެޓުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވުމާ އެކު، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭ ވެހުމާ އެކު، ގުގުރާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

މެޓުން ވަނީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް