މޯލްޑިވިއަންއަށް ފުރަތަމަ ވައިޑް ބޮޑީ ބޯޓު ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުއެވެ. އެއަރބަސް އޭ330-200 މި ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓާއެކު މޯލްޑިވިއަންއިން ވަނީ ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ފަށާފައެވެ. އެއީ ބެއިޖިންގ، ޝަންހާއި އަދި ޗެންގްޑޫއެވެ. މީގެ އިތުރުން އެ އެއާލައިނުން ވަނީ ޙައްޖާއި ޢުމްރާއަށް ވެސް މީހުން ގެންގޮސްދީފައެވެ.