މި އަހަރު ނިމުމުގެ ކުރިން ހުރިހާ އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކުރަނީ

މިއަހަރު ނިމޭއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލަށް އިންޓަނޭޝަނަލް ހުރިހައި އެއާލައިނެއް ބަދަލުކުރެވޭ ވަރުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑީއާ (ޕީއެސްއެމް)އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޕެސެންޖަރު ޓާމިނަލް ނިންމައި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތާރިގް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން މިހާބޮޑަށް ފުޅާވެގެން މިދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވުމުންކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއަހަރު ނިމޭއިރު އަންނަ އިންޓަނޭޝަނަލް ހުރިހައި ފްލައިޓްތަކެއްވެސް އައު ޓަރމިނަލުން ޚިދުމަތް ދޭގޮތަށް މަސައްކަތް ފެއްޓިގެންދާނެ. މިއީ ވަރަށް ބޮޑެތި ކުރިއެރުމެއް ރާއްޖޭގެ ފަތުރުވެރިކަމަށް." ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް