ހއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ހއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިކަމަށްޓަކައި މިއަދު ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިލްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއާއި، ހއ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ހއ. ދިއްދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ހަތަރު ފަންގިފިލާ ހިމެނޭ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރާނެއެވެ. އަދި އެއް ފަންގިފިލާގެ ސަރވިސް ބްލޮކަކާއި ވަށާފާރެއް ރާނާނެއެވެ.

މިއީ 185.57 މިލިއަން ރުފިޔާއަށް 780 ދުވެހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް