ފަރުވާ ހޯދާ މީހުންނަށް ޑުރަގު ދީގެން ނަހަމަ ގުޅުން ހިންގާ އެންޑީއޭ މުވައްޒަފެއް ހައްޔަރުކޮށްފި

ނެޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ) އިން ފަރުވާދޭ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 4 ވަނަ ދުވަހު އެ އިދާރާއިން ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގެ ތުހުމަތުގައި އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާ އަދާކުރަމުން ދިޔަ ސ. ފޭދޫ، ފްލޮރިޑާ، 51 އަހަރުގެ މުހައްމަދު ފަސީހް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް