ޚާރިޖީ ވަޒީރު ލެޓްވިއާގެ އުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ލެޓްވިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ބައިބާ ބްރާޒޭ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަޒީރު ބައިބާ ބްރާޒޭ އަށާއި ލެޓްވިއާ ސަރުކާރަށާއި ރައްޔިތުންނަށް، ލެޓްވިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

އަދި ވަޒީރު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެ އާއި ލެޓްވިއާ ދެމެދު ބައިނަލްއަޤްވާމީ މައިދާނުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ކަމަނާ އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް