ރައީސްގެ ދެކަނބަލުން ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ފަލަސްޠީނުގެ 17 އަހަރުންދަށުގެ ފުޓްބޯޅަ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ.

މިފަރިއްކޮޅު އޮތީ މިއަދު މެންދުރު ހޮޓެލް ޖެންގެ ބޯލްރޫމުގައެވެ.

މިޓީމު ރާއްޖެއަށް މިކުރާ ދަތުރަކީ، އޭ.އެފް.ސީ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ކޮލިފައިންގައި ބައިވެރިވުމުގެ ކުރިން ތަމްރީނު ކޭމްޕެއްގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ. މި ދަތުރުގައި މި ޓީމު ވަނީ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއެކު ރަޙުމަތްތެރި ކަމުގެ ދެމެޗު ކުޅެފައެވެ.

ރައީސް ޑރ. މުޢިއްޒާއި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފު ވަނީ، މިމެޗުގެ ސުވެނިއަރ ޓިކެޓު ބައްލަވައިގެންފައެވެ. މި މެޗުތަކުން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކޮށްފައި ވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ފަލަޞްޠީނުގެ ފުޓުބޯޅަ އެސޯސިއޭޝަނަށެވެ.

މި ފަރިއްކޮޅުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުވެސް ބައިވެރިވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް