މާލޭ ގެއެއްގެ ތެރޭގައި އަންހެނަކު ގަދަކަމުން ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓަައި ޖިސްމާނީ އަނިޔާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު18:11 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައިނުވާއިރު ފުލުހުން ބުނީ މިހާރު އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަންހެނަކަށް އަނިޔާކުރި މައްސަލައެއް މިއަދު ރިޕޯޓްކޮށްފައިވާއިރު، މި މަހުގެ 16 ވަނަ ދުވަހު އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.މާލޭގައި 18 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ހިފަހައްޓައި އަނިޔާކޮށްފި

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




