އިތުރު 3 އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އިންޓަރނޭޝަނަލް ޕަސެންޖަރު ޓާމިނަލަށް އިތުރު 3 އެއާލައިނެއްގެ ހިދުމަތް ބަދަލުކޮށްފިއެވެ.

ވީއައިއޭގެ އާ ޓާމިނަލަށް އެންމެ ފަހުން ބަދަލުކޮށްފައިވަނީ ލޯ-ކޯސްޓް ދެ އެއާލައިން ކަމަށްވާ, އެއާއޭޝިއާ މެލޭޝިޔާ އަދި ތައި އެއާއޭޝިއާއެވެ. މި ދެ އެއާލައިނަށް އާ ޓަރމިނަލުން ހިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

މީގެ އިތުރުން އޮސްޓްރިއާގެ ގައުމީ އެއާލައިން, އޮސްޓްރިއަން އެއާލައިންސްއަށް މިމަހުގެ 15 ވަނަ ދުވަހު އައު ޓަރމިނަލުން ވަނީ ހިދުމަތް ދޭން ފަށާފައެވެ.

އާ ޓާމިނަލަށް ހިދުމަތް ބަދަލުކުރި އެއާލައިންތަކުގެ ޖުމްލަ އަދަދު މިވަނީ 25 އަށް އަރާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް