ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" އިފްތިތާޙްކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ކަމަށްވާ "ބޯހިޔާވަހިކަން އެންމެންނަށް" އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސިޔާސަތު އިފްތިތާޙްކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ސަރުކާރުގެ މި ސިޔާސަތުގެ ދަށުން މާލީ ފުދުންތެރިކަން ހުރި ފަރާތްތަކަށް ވިޔަފާރި އުސޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމަށް މަގުފަހިވެގެންދާއިރު، މެދު ފަންތީގެ ޢާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޚާޢްޞަ މަޝްރޫޢުތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން އަމިއްލަ ބޯހިޔާވަހިކަން ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް "ރެންޓް ޓު އޯން" މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ހޯދައިދިނުމުގެ އިތުރުން ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް ޢާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމު މި ސިޔާސަތުގެ ދަށުން ހަމަޖެހިގެންދާނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު މިރޭ އިފްތިތާޙްކުރިއިރު، އެއާއެކު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ އުސޫލުތަކާއި، ފުލެޓާއި ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުތައްވެސް ވަނީ އާންމުކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ރަސްމާލެއިން 15،000 ގޯތި ދޫކުރާނެ ކަމަށާޢި، މާލެ ސަރަހައްދުގައި 7،000 ފުލެޓުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް