އެއަރ އެމްބިއުލްންސްގެ ޚިދުމަތް ފުޅާކުރުމުގެގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ދުބާއީ އަދި ތައިލެންޑަށް އެއަރ އެމްބިއުލާންސްގެ ދަތުރުތައް ފެއްޓުމަށްޓަކައި ޞިއްޙީ ވުޒާރާއާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާއި އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނާއިބު އަޙްމަދު ހަމްދާން ނާސިރު އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒު އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރ ހީނާ ވަލީދުއެވެ.                                      

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ޞިއްޙީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެއަރ އެމްބިއުލަންސްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ، ރިޔާސީ ވައުދުތަކުގެ ތެރެއިން ސަރުކާރުގެ ހަފްތާ14ގައި ހިމަނުއްވާ، 1 މާރިޗް 2024ން ފެށިގެން ދެމުންދާ ޚިދުމަތެކެވެ.

ޞިއްޙީ ވުޒާރާގެ ދަށުން، މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސަރވިސަސް އުފައްދަވައި، މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރ މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތްކުރަމުންނެވެ.

މިގޮތުން މިހާތަނަށް، 1840 (އަށާރަސަތޭކަ ސާޅިސް) ބަލިމީހުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ ކުއްލި އެހީ ބޭނުންވާ ޙާލަތްތަކުގައި، ފަރުވާ ދިނުމަށް، މާލެ ޞަރަހައްދަށް އެއަރ އެމްބިއުލަންސްގައި ގެނެވިފައިއެވެ.

މި ޚިދުމަތް މި ދެ ޤައުމަށް ފަށާނެ ތާރީޚެއް ސަރުކާރުން އަދި އިއުލާން ނުކުރެއެވެ. ސަރުކާރުން ވަނީ ޑުބާއީ އަދި ތައިލޭންޑަށް އާސަންދަ ޚިދުމަތް ފުޅާކުރުމަށްވެސް ނިންމާފައެވެ. .

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް