އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވްއަށް ބަދަލުކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

އެކަން ފާހަގަކުރުމަށްއޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މިއީ ވަރަށް ދިގު އިންތިޒާރަކަށް ލިބިގެންދިޔަ ނިމުމެއްކަމަށެވެ.

އެންސްޕާގެ ބައެއް ޚިދުމަތްތައް ވަން ގަވްގެ ތެރެއަށް އިންކޯޕަރޭޓްކުރެވި ވަން ގަވް މެދުވެރިކޮށް ރައްޔިތުންނަށް މި ޚިދުމަތް ފޯރުކޮށްދެވޭނެ މަގު ފަހިވެގެން ދިއުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށް ހީނާ ވިދާޅުވިއެވެ.

މި ޚިދުމަތްތައް ދެމުން މިދަނީ ވަރަށް ވަލްނަރަބަލް ކޮމިއުނިޓީއަކަށް ފާހަގަކުރައްވައި ހީނާ ވިދާޅުވީ، އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތެރަޕިއުޓިކް ފަރުވާއަށް ބޭނުންވާ ފަރާތްތަކާއި އެކި ކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ހިމެނޭކަމަށެވެ.

އެ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ އަވަސް ޚިދުމަތެއް ނުލިބުންކަމަށާއި، ނަމަވެސް ވަންގަވް މެދުވެރިކޮށް ޑިޖިޓަލްކޮށް އެންސްޕާގެ ޚިދުމަތްތައް ލިބިގެންދިއުމާއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް