ރައީސް އދ. މަންދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. މަންދޫއަށް ވަޑައިގެންފިއެވެ.

ރައީސް މަންދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ބަނދަރުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. އަދި މަންދޫގެ ރައްޔިތުންވެސް ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ މަންދޫގައި ޤާއިމްކޮށްފައިވާ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް