މަސްވެރިންގެ ދުވަހާ ގުޅިގެން މަސްކެނޑުމުގެ މުބާރާތެއް ބާއްވަނީ

45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މަސްކެޑުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން މި މުބާރާތް އޮންނާނީ ޑިސެންބަރު 13 ވާ ހޮނިހިރު ދުވަހު ރ. ދުވާފަރުގައެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި މުބާރާތުގެ މަޣްޞަދަކީ ދިވެހިންގެ ތެރޭގައި ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކޮށް މިއީވެސް މަސްވެރި ސިނާއަތުގައި މުހިއްމު މަސައްކަތެއްކަން އަންގާދިނުމެވެ. މިމުބާރާތަކީ ދެޖިންސުގެ ބޭފުޅުން އަމާޒުކުރެވިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

އެހެންކަމުން، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ނޮވެންބަރ 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އަންގައިފައެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ދުވާފަރުގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ހުޅުވާލައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް