މާފަރު އެއާޕޯޓު ޓާމިނަލް ބޮޑު ކުރުމަށް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

 މާފަރު އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއާޕޯޓް ހިންގާ އައިލޭންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން  ޑިރެކްޓަރު އިބްރާހިމް އިޔާސެވެ. ޗައިނާގެ ހުނާން ނަމްބަރު 6 ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ލީގަލް ރެޕްރެޒެންޓޭޓީވް ވަންގް ހީއެވެ.

މިއީ ޖުމްލަ 3.6 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް ކަމަށް އައިލޭންޑް އެވިއޭޝަނުން ވިދާޅުވިއެވެ.

އެއަރޕޯޓު ޓަރމިނަލާއި އިންވެގެން އަޅާ އިމާރާތަކީ މިހާރުވެސް ކުޑަވެފައިވާ ޖާގައަަށް 6238 އަކަފޫޓުގެ އިތުރުވާނެ ކަމެއްކަން އައިލޭންޑް އެވިއޭޝަނުން ވިދާޅުވެއެވެ. މިއާއެކު މުޅި ޖުމްލަ ޓަރމިނަލް ޖާގައަށް 12476 އަކަފޫޓުގެ އިތުރުވުމެއް އެކުންފުނިން ފާހަގަކުރެއެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އާ ޓާމިނަލް އިމާރާތަށް އާ އިމާރާތެއް އައުމާއެކު ގިނަ ޚިދުމަތްތައް ފުޅާވެގެން ދާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ. މިގޮތުން މިހާރު ބޭނުން ކުރާ އެރައިވަލް ހޯލް ބޮޑުކުރެވި، ބެގޭޖް ހޭންޑްލިންގް ބެލްތް ބޮޑުކުރެވޭނެ ކަމަށް ބުނެއެވެ.

މީގެ އިތުރުން މަޝްރޫޢު ނިމިގެންދާއިރު ފުރަތަމަ ފަނގިފިލާގައި 60 މީހުންގެ ޖާގައިގެ ތަނަވަސް ލައުންޖެއް ގާއިމްކުރެވޭނެ އައިއޭޢެސް އިން ބުނެއެވެ. އަދި ގްރައުންޑް ފްލޯގައި 4 ސީއައިޕީ ލައުންޖް ޤާއިމްކުރެވޭނެ ކަމަށްވިއަސް ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް