އެޗްޑީސީން 6 އަތޮޅެއްގައި ހައުސިން ޔުނިޓް އަޅަނީ

6 އަތޮޅެއްގައި ހައުސިން މަޝްރޫއު ހިންގުމަށް ޝަޢުގުވެރިވާ ކުންފުނިތައް ހޯދަން ހައުސިން ޑިވެލޮޕްމަން ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ހުޅުވާލާފަވަނީ ހދ، ށ، ލ، ރ، ޅ އަދި އައްޑު އަތޮޅުގެ ރަށްތަކުގައެވެ.

އެޗްޑީސީގެ އިޢުލާނުގައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް، ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައެވެ.

ސަރުކާރުން ވަނީ މިހާތަނަށް އަތޮޅުތަކުގެ 57 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށްއިޢުލާނުކޮށްފައެވެ. އެއީ 12000އަށްވުރެ ގިނަ ހައުސިންގ ޔުނިޓެވެ. މީގެތެރެއިން ގިނަ ރަށްތަކަށް ކޮންޓްރެކްޓަރުން ޝަޢުގުވެރިކަން ފާޅުކޮށްފަވާއިރު، މިހާރު ގެންދަނީ ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް