އަންނަ ރޯދަމަހު ވެސް ހާދިޔާއަކަށް މަސް ކޭހެއް ލިބޭނެ
އަންނަ ރަމަޟާން މަހުވެސް ސަރުކާރުން ދޭ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމާފައިވާކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފިއެވެ.

ނިމިދިޔަ ރަމަޟާން މަހުވެސް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދީފައިވެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ލޯކަލް ގަވަމަންޓް މިނިސްޓަރު، އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއަހަރުވެސް ސަރުކާރުން ނިންމާފައިވަނީ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދިނުމަށްކަމަށެވެ.

ބައެއް ރަށްތަކުގެ ކައުންސިލުން މިހާރު އަންނަނީ ރޯދަ ހަދިޔާ ބެހުމަށް ގޭބިސީތަކުން ރެޖިސްޓްރީވަމުން އިއުލާން ކުރަމުންނެވެ.

މަސްދަޅު ބެހުމުގެ އިތުރުން ރޯދަ މަހާ ގުޅިގެން ސަރުކާރުން ވަނީ ކަރަންޓު ބިލާއި ފެން ބިލުން ހާއްސަ ލުޔެއް މިދިޔަ ދެ އަހަރު ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް