ގުޅީ ބަނދަރު ތަރައްގީކުރުން އެމްޓީސީސީއަށް

ކ. ގުޅީގެ ބަދަރު ތަރައްގީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފި އެވެ.

ގުޅީ ބަދަރު ތަރައްގީކުރަން ހަވާލުކޮށްފަ މިވަނީ އެރަށުގެ ބިން ހިއްކުމާއި ގޮޑުދޮށް ހިމާޔަތްކޮށް  ހަވާލުކުރުމަށް އޮތް ރަސްމިއްޔާތުގަ އެވެ

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރުޢޫގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ހަވާލުކުރި އެމްޓީސީސީއަކީ ވޭތުވެދިޔަ އަހަރުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކުންފުންޏެކެވެ. އަދި މިހާރުވެސް އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް