ތުރުކީގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ސިފައިންގެ މުދާ އުފުލާ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް (ޓްވިޓަރ) އެކައުންޓްގައި ޝާއިޢުކުރެއްވި މެސެޖެއްގައި، ރައީސް ޑރ. މުޢިއްޒު ވަނީ މި ހާދިސާގައި ޢާއިލާތައް ގެއްލުނު ފަރާތްތަކަށް އިޚްލާޞްތެރި ހަމްދަރުދީ ފާޅުކުރައްވައި، މަރުޙޫމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށާއި، އެ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.

އަދި މި ހާދިސާގައި ގެއްލުނު ފަރާތްތައް ހޯދުމަށާއި ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވާނެކަން ޔަޤީންކުރައްވާ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު މެސެޖް ނިންމަވާލައްވާފައިވަނީ، މި ޤައުމީ ހިތާމައިގެ ވަގުތުގައި ތުރުކީވިލާތުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ އޮތްކަން އަލުން ކަށަވަރުކޮށްދެއްވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް