މަންމައަކު ފިރިހެން ކުއްޖަކަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކުރި މައްސަލައެއް ބަލަނީ

މަންމައަކު ފިރިހެން ކުއްޖަކަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ކުއްޖަކަށް އެކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން، މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އޮކްޓޫބަރު 28 ވަނަ ދުވަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ 50 އަހަރުގެ މަންމަ ނޮވެންބަރު 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން މިއަދު 30 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް