ކާށިދޫ ބޯޓެއް ފަރަށް އަރައި ބިދޭސީއަކު ގެއްލިގެން ހޯދަނީ

ކާށިދޫ ބޯޓެއް އެރަށު ފަރަށް އަރައި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެންމެންޑީއެފް އިން ބުނިގޮތުގައި ފަރަށް އަރާފައިވަނީ އެރަށު "ފައިސަލާ" ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓު ފަރަށް އެރީ މާލެއިން ފުރައިގެން ކާށިދޫ އަށް ދަތުރު ކުރަމުންދަނިކޮށް ކަމަށް ބުންޏެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި، އެ އުޅަނދުން 11 މީހުން ދަތުރުކުރި އެވެ. އޭގެތެރެއިން 10 މީހަކު ފުލުހުން ސަލާމަތްކޮށްފައިވާއިރު، އެ ބޯޓުގައި ހުރި ބިދޭސީއަކު ގެއްލިގެން ދަނީ ހޯދަމުންނެވެ. އެނގިފައިވާގޮތުގައި އެ ބިދޭސީމީހާއަކީ ބޯޓު ފަރަށް އަރައި އަޑިއަށްދާން ފެށުމުން މޫދަށް ފުންމާލި މީހެކެވެ.

މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް