ހުޅުމާލެ ފަޅުތެެރޭ އޮތް އުޅަނދެއްގައި ރޯވެ އަނދަނީ

ހުޅުމާލެ ފަޅުތެރޭ އޮތް ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ، ރޯވެފައިވަނީ ހުޅުމާލެ ފަޅުގައި އޮތް އުޅަނދެއްގައި ކަމަށެވެ. އެމްއެންޑީއެފްއިން ބުނިގޮތުގައި، ރޯވެ އަނދަމުންދަނީ އެފަޅުތެރޭ އޮތް ލޯންޗެގަ ކަމަށެވެ. އަލިފާން ނިއްވުމަށްޓަކައި އެމްއެންޑީއެފްގެ ފަޔާފައިޓަރުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް ބުންޏެވެ.

ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި އެ އުޅަނދުގައި ވަރަށް ބޮޑަށް ވަނީ އަލިފާން ހިފާފަ އެވެ. އެ ވީޑިއޯތައް ހިއްސާކޮށް ބައެއް މީހުން ބުނެފައިވާގޮތުން، ރޯވެ އަނދަމުންދަނީ އެ ފަޅުތެރޭ އޮތް ތެޔޮ ބޯޓެއްގަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް