ސިއްޚީ ދާއިރާގެ އެންމެ މަތީ ޝަރަފު މޫސާ އަންވަރަށް

ސިއްޚީ ދާއިރާއަށް ޚިދުމަތް ކުރެއްވުމުގެ އެންމެ މަތީ ޝަރަފު މޫސާ އަންވަރު (ތުއްދީ)އަށް މިއަދު އަރުވައިފި އެވެ.

އައްޑޫ މީދުއަށް އުފަން މޫސާ އަންވަރަކީ 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ސިއްހީ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މި ޝަރަފު މި މޫސާ އަންވަރަށް އެރުވީ، މިއަދުގެ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒެވެ.

މޫސާ އަންވަރު ދައުލަތުގެ ހިދުމަތް ފެއްޓެވީ 1977 ވަނަ އަހަރެވެ. އޭރު މާލެއަށް ބަދަލުވެވަޑައިގެން އެލައިޑް ހެލްތު ސާވިސް ސެންޓަރުގެ ޕްރެކްޓިކަލް ނާސް ޓީޗަރުގެ ވަޒީފާއިން ހިދުމަތް ފެއްޓެވިއިރު، ސިއްހީ ދާއިރާގެ އެކިއެކި ދާއިރާތަކުގެ މުވައްޒަފުން ތަމްރީން ކުރެއްވި އެވެ.

އޭގެފަހުން، ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރެއްވި އެވެ. އެ މިނިސްޓްރީގައި މަސައްކަތްކުރެއްވިއިރު ރާއްޖޭގެ އެކި ރަށްރަށުގައި ހޮސްޕިޓަލުުތައް ބިނާކުރެއްވުމުގައި ސަރުކާރުން ކުރެއްވި މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ.

މޫސާ އަންވަރު އެންމެ ފަހުން މަސައްކަތްކުރެއްވީ ފުޑްސް އެންޑް ޑްރަގު އޮތޯރިޓީ (އެފްޑީއޭ)ގަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް