ނިޝާން މުލީގެ އިއްޒަތް ދަމާސްގެ ވެރިޔާ ސޯލިހަށް

ނިޝާން މުލީގެ އިއްޒަތް ދަ މާސްގެ ވެރިޔާ މުޚައްމަދު ސޯލިޚަށް މިއަދު އަރުވައިފި އެވެ.

ވިޔަފާރި އަދި އިޤްތިޟޯދީ ދާއިރާއިން ޝަރުފުވެރިކަމުގެ އިނާމު 2022ވަނަ އަހަރު ހޯއްދަވާފައިވާ ސޯލިޚަށް މި ޝަރުފު އެރުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިހާރު ސޯޝަލް ސެންޓަރުގައި ބާއްވަމުންދާ ޖަލްސާގަ އެވެ.

ވިޔަފާރީއާ އިޤްތިޟޯދީ ދާއިރާގައި 45 އަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ސޯލިޚު ވިޔާފާރީގެ ހިދުމަތަށް އަމަލީގޮތުން ނިކުންނެވީ 1978ވަނަ އަހަރު އެވެ. އެއީ އޭރު މާލެއަށް ބަދަލުވެވަޑައިގެން އެކުވެރިންނާއެކު ފެށި ކާގޯ ކްލިއަރެންސް އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ ތެރެއިންނެވެ. އޭގެކުރިން އައްޑޫ އަތޮޅު ގައުމުގައި އިނގިރޭސީން ގާއިމުވެތިބި ދުވަސްވަރު ބްރިޓިޝް ރޯޔަލްގައި ވެސް ސޯލިޚު މަސައްކަތްކުރެއްވި އެވެ.

ކާގޯ ކްލިއަރެންސް އަދި ކޮންސްޓްރަކްޝަން މަސައްކަތުން ހޯއްދެވި ނަފާއިން "އަލްޓާފް" ނަމުގައި އެކުވެރިންނާއެކު ކުންފުންޏެއް އުފައްދަވާ ފަތުރުވެރިކަމުގެ ސިނާއަތަށް ވަދެވަޑައިގަތެވެ.

އޭގެފަހުން، 1983ގައި ޑިމްސް ނަމުގައި ވެސް ކުންފުޏެއް އުފައްދަވާ ރީޓެއިލް އަދި ހޯލްސޭލްގެ ވިޔަފާރި ކުރެއްވި އެވެ. ދަ މާސް ނަމުގައި އަމިއްލަ ކުންފުންޏެއް އުފައްދަވައިގެން އެކަނި މަސައްކަތްކުރައްވަން ފެއްޓެވީ 2000ވަނަ އަހަރު އެވެ. މިހާރު ސޯލިޚު ހަތަރު ރިސޯޓަކާއި މާލޭގައި ތިން ސިޓީ ހޮޓާ ހިންގަވަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް