ޤައުމީ ބޮޑީބިލްޑިންގ އަދި ޕަވަރލިފްޓިންގ ޗެމްޕިއަންޝިޕްގެ ރަންވަނަތައް ސިފައިން ހާސިލުކޮށްފި

"23ވަނަ ނޭޝަނަލް ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ޗެމްޕިއަންޝިޕް" އަދި "2ވަނަ ނޭޝަނަލް ޕަވަރލިފްޓިންގ ޗެމްޕިއަންޝިޕް 2025" މުބާރާތުން ރަންވަނަތައް ސިފައިން ހާސިލުކޮށްފިއެވެ.

މިގޮތުން "23ވަނަ ނޭޝަނަލް ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ޗެމްޕިއަންޝިޕް"ގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރ ކެޓަގަރީން ރަން މެޑެއްޔާއި، ސްޕޯޓްސް ފިޒީކް ކެޓަގަރީގެ އޯވަރޯލް ޗެމްޕިއަންކަން، ސާޖަންޓް އަޙްމަދު ނަޢީމް ވަނީ ހާސިލުކޮށްފައެވެ. ސްޕޯޓްސް ފިޒީކް 175 ސެންޓިމީޓަރ ކެޓަގަރީން ލޯ މެޑެލި، ކޯޕްރަލް އިބްރާހީމް އައިމަން ޙުސައިން ހާސިލުކުރި އިރު، ސްޕޯޓްސް ފިޒީކް 180 ސެންޓިމީޓަރ ކެޓަގަރީން ކޯޕްރަލް ޙަސަން ރިފާ ވަނީ ރިހި މެޑެލި ހާސިލުކޮށްފައެވެ. އަދި، ހަމަ މި ކެޓަގަރީން ލާންސް ކޯޕްރަލް އަޙްމަދު ވާރިޝް ވަނީ ލޯ މެޑެލި ހާސިލުކޮށްފައެވެ.

މީގެއިތުރުން، އެތުލެޓިކް ފިޒީކް 167 ސެންޓިމީޓަރ ކެޓަގަރީން ސްޓާފް ސާޖަންޓް މަނާފް ވަޙީދު ވަނީ ރަން މެޑެލި ހާސިލުކޮށްފައެވެ.

"2ވަނަ ނޭޝަނަލް ޕަވަރލިފްޓިންގ ޗެމްޕިއަންޝިޕް 2025"ގެ 120 ކިލޯގްރާމް - މެންސް އޯޕަން ކެޓަގަރީގައި 160 ކިލޯގްރާމް ސްކްއޮޓްކޮށް، 100 ކިލޯގްރާމް ބެންޗުކޮށް، 190 ކިލޯގްރާމް ޑެޑްލިފްޓްކޮށްގެން ލެފްޓިނެންޓް ޙުސައިން ޒަކީ ވަނީ މި ހުރިހާ ބަޔަކުން ލޯ މެޑެލި ހާސިލުކޮށްފައެވެ.

އަދި، ލެފްޓިނެންޓް ޙުސައިން ޒަކީ ޖުމްލަ ނެގި 450 ކިލޯގްރާމްއާ އެކު، އޭނާ ވަނީ 120 ކިލޯގްރާމް - މެންސް އޯޕަން ކެޓަގަރީން އޯވަރޯލްކޮށް ވެސް ލޯ މެޑެލި ހާސިލުކޮށްފައެވެ. އަދި، މުބާރާތުގައި ބައިވެރިވި އޮފީސްތަކުގެ ކެޓަގަރީން ރިހިމެޑެލި، ލެފްޓިނެންޓް ޙުސައިން ޒަކީ ހާސިލުކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް