އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ހިޒް އެކްސެލަންސީ ޝްރީ ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް އެހީގެ ދަށުން ތަރައްގީކުރި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ދަތުރުފުޅުގައި ހިޒް އެކްސެލަންސީ ޝްރީ ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް އެމަނިކުފާނު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ. އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހެ ވަޒީރު މުޙައްމަދު އަމީން އާވެސް ބައްދަލުކުރެއްވިއެވެ.

މި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާއި ބައްދަލުވުންތައް އަމާޒުކުރެވިފައިވަނީ، ދެ ޤައުމުގެ ދޭތެރޭ އޮތް ދަތުރުފަތުރުގެ ގުޅުން އިތުރަށްފުޅާކޮށް، ފަންނީ ތަޖުރިބާ ބަދަލުކުރުމާއި، އިންވެސްޓްމަންޓް ގެނައުމަށް ފުރުޞަތުތައްފަހި ކުރުމަށެވެ.

އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ވަނީ ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަންތައް ހިންގާގޮތް ދެނެގަތުމަށް، ނޫވިލު ސީޕްލޭން ޓަރމިނަލްއަށް ޒިޔާރަތެއްވެސް ކުރައްވާފައެވެ.

އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަންއަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވެފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީންއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް