ފޮރިން ސެކްރެޓަރީއަކަށް އަލުން އިނާޔާ އައްޔަންކޮށްފި
ފޮރިން ސެކްރެޓަރީއަކަށް، އެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު އިނާޔާ އަލުން އައްޔަންކުރައްވައިފިއެވެ.

އެންމެ ފުރަތަމަ 12 ޑިސެމްބަރު 2023 ގައި ފޮރިން ސެކްރެޓަރީކަމަށް އައްޔަންކުރި އިނާޔާ، އެ މަގާމުން ވަކިކުރީ މިދިޔަ މޭ މަހުގެ ފަސްވަނަ ދުވަހެވެ. އިނާޔާ ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެ މަގާމަކީ ރައީސް އައްޔަންކުރައްވާ މަގާމެއްކަމުން، ރައީސް ބޭނުންފުޅުވުމުން އެ މަގާމުގައި ހުންނަވާ ބޭފުޅާ ބަދަލުކުރެއްވުމުގެ ފުރުސަތު އޮންނާނެއެވެ.

އެ މަގާމަށް އޭނާ އައްޔަނުކުރީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮރިން ސެކްރެޓަރީއަކަށް އިނާޔާ އަލުން އައްޔަންކުރީ އަންގާރަ ދުވަހުއެވެ. އިނާޔާ އަލުން އެ މަގާމަށް ހަމަޖެއްސުމާއި ހަމައަށް އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކޮށްފައެއްނުވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް