ޑްރޯންގެ އެހީގައި އަތުލައިގަތް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި

ޑްރޯން ބޭނުންކޮށްގެން އެމްއެންޑީއެފްއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގައި އިއްޔެ އަތުލައިގަތް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް ހާމަވެއްޖެ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އިއްޔެ އަތުލައިގަތް މަސްބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ

އިއްޔެ އެމްއެންޑީއެފްއިން ބުނެފައިވަނީ އެބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔައީ އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި އެ ބޯޓު ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވި، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކުރުމަށްފަހު ކަމަށެވެ.

ނަމަވެސް އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިން ދީފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް