ހޯކްސްގެ ތެއޮ ބާޖެއް ފަރަކަށް އަރައިފި

ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުން އަންނަ ހޯކްސް ކުންފުނީގެ ތެއޮ ބާޖެއް ފަރަކަށް އަރައިފި އެވެ.

"ހޯކްސް ދޯދި" ނަމަކަށް ކިޔާ ތެޔޮ ބާޖެއް ކ. ކުޑަވިލިގިލި ރިސޯޓުގެ އިރުމަތީ ފަރާތުގައި އޮންނަ ފަރަކަށް އަރައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އަދި މިކަމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވމުން އަންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މިހާދިސާގެ އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން ނުދެއެވެ.

ހޯކްސްގެ ތެޔޮ ބާޖެއް ފަރަށް އަރާފަވާއިރު ިވާއިރު މިއަދު ފަތހު މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި ފަހިރޯޅި ަނަމަކަށް ކިޔާ ބޯޓެއް މިއަދު ފަތިު ވ.ފެލިދޫ ކައިރިން ފަރަކަށް އަރާފަވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް