ވިލިނގިލީގައި އެކްސިޑެންޓްވި ޒުވާނަކު ނިޔާވެއްޖެ
ގއ. ވިލިނގިލީގައި އެކްސިޑެންޓުވެގެން ފަރުވާ ދެމުންދިޔަ، ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.

އެ ރަށުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ވިކާޝް އަހުމަދު އިތުރު ފަރުވާއަށް މިދިޔަ އަންގާރަ ދުވަހު ވަނީ މާލެ ގެނެސްފަ އެވެ.

ނަމަވެސް އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެދުނު ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

އޭނާގެ ކަށުނަމާދު ކޮށްފައި ވަނީ، މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިކާޝް އެކްސިޑެންޓްވީ އޭނާ ދުއްވި ސައިކަލުން ގެއެއްގެ ފާރުގައި ޖެހިގެން ކަމަށެވެ.

އަދި އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް، އެ ރޭ މެންދަމު 1:30 ހާއިރު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް