ފެރިދޫ ކައިރިން ބޯޓެއް ފަރަށް އަރައި އަޑިއަށްދަނީ

މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި  ފަހިރޯޅި  ބޯޓު ވ.ފެލިދޫ ކައިރިން ފަރަކަށް އަރައިފި އެވެ.

ފުލުހުން ބުނީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި "ފަހިރޯޅި" ބޯޓު، ވ. ފެލިދޫ ކައިރި ފަރަކަށް އަރާފައިވާކަމުގެ މައުލޫމާތު މިއަދު ފަތިހު 05:01 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފަަރަށް އެރި އިރު ބޯޓުގައި21 މީހަކު ތިއްބެވެ. އެއީ9 ބިދޭސީންނާއި3 ދިވެހިންނެވެ.

ބޯޓުގައި ތިބި 12 މީހުން ފުލުހުންގެ އެހީތެރިކަމާއެކު ފެލިދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ބޯޓު ފަރަށް އަރައި، ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައި މިހާރު އޮތީ އަޑީގައި ކަމަށެވެ.

މި ހާދިސާ ހިނގި ގޮތް ފުލުހުން މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް