އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 5 ބިދޭސީން ހައްޔަރަށް

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ފަސް ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގޭޝަނުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.

އެ އިމިގްރޭޝަނުން ބުނީ މާލޭގައި ހުންނަ 02 ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިއަ 05 ބިދޭސީއަކު އެ އިދާރާއިން ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން އަންނަނީ އެކި ދުވަސްތައް މަތިން މިކަހަލަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް