ތެޔޮ މައްސަލަ: އެކަކު އަތުގަ ވެސް ވިސާއެއް ނެތް، ދޫކޮށްލީ ދިވެއްސަކާ އިނދެގެން އުޅޭ މީހެއް

ރިސޯޓުތަކުގައި ބޭނުންކޮށްފައި އުކާލާ ތެޔޮ ވިއްކި މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ދޫކޮށްލީ، ދިވެއްސަކާ އިނދެގެން އުޅޭ މީހެއްކަން އެނގިއްޖެ އެވެ.

މި މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އަމުރުކުރީ ހަތަރު މީހެކެވެ. އެމީހުންގެ ބަންދާމެދު ގޮތް ނިންމި ކޯޓު އަމުރުން އެނގޭގޮތުން، އެމީހުން ބަންދުކުރަން ނިންމީ، އެމީހުންނަކީ ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ ބަޔަކަށް ނުވާތީ އާއި ފިލާފާނެތީ އެވެ.

ބަންދުނުކުރަން ނިންމީ، ބަގްލަދޭޝްއަށް ނިސްބަތްވާ މޮހަންމަދު ހާރޫން ނަމަކަށް ިކިޔާ މީހެކެވެ. އޭނާގެ ކޯޓު އަމުރުން އެނގޭގޮތުގައި އޭނާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ މީހެކެވެ. އަދި އޭނާ އަކީ ޕިކަޕު ޑްރައިވަރެއް ކަމަށް އޭނާ ކޯޓުގައި ބުނެފައިވާތީ އެެވެ. އޭނާ ދޫކޮށްލީ ޝަރުތުކުރުމަށްފަހު އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް