އެއަރ ކޯ ސަވައިލަންސް ފުޓޭޖު

އެމްއެންޑީއެފް އެއަރ ކޯރއިން ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤާނޫނާ ޚިލާފަށް ވަދެ އުޅުނު ބޭރުގެ ބޯޓެއް އަތުލައިގެންފި އެވެ.

މި ބޯޓު އަތުލައިގަތީ، ޑްރޯން ބޭނުންކޮށްގެން  ހިންގި ސަވެއިލަންސެއްގަ އެވެ. އެމްއެންޑީއެފްއިން ބުނީ، އެ ސަވައިލަންސް ކުރިއަށް ގެންގޮސްފައިވަނީ، ބޭރުގެ ބޯޓެއް ޤާނޫނާ ޚިލާފަށްް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކަމަށެވެ.

ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ. އެކަމަކު އެ ބޯޓުގެ ތަފްސީލެއް އެމްއެންޑީއެފްއިން ނުދެ އެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް ވެސް މިދިޔަ ބުދަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މި ބޯޓުތައް ހިފަހައްޓާފައިވަނީ ކޯސްޓްގާޑުގެ ޕެޓްރޯލިން މަސައްކަތުގެ ތެރެއިންނެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައީ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް