ވޭޕު

ވޭޕުގެ މައްސަލަތަކުގައި މިދިޔަ މަހު 35 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި ޖޫރިމަނާގެ ޖުމްލަ 226،000ރ އަށް އަރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުގައި މިދިޔަމަހުގެ ނިޔަލަށް ވޭޕާއި އީ-ސިގިރޭޓް ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން ވިއްކުމާއި ގަތުމުގެ 25 މައްސަލަ ރެކޯޑުކުރެވިފައިވާއިރު، އެ މައްސަލަތަކުގައި ހިމެނޭ 35 މީހަކު ޖޫރިމަނާކުރެވިފައިވެ އެވެ. އެއީ، ވޭޕާއި އީ ސިގިރޭޓު ގެންގުޅުނު 15 މީހަކާއި އެތަކެތި ބޭނުންކުރި 19 މީހެކެވެ. އަދި އެތަކެތި ވިއްކައިގެން ނުވަތަ ގަނެގެންް އެކަކު ޖޫރިމަނާކޮށްފައިވެ އެވެ.

މި މައްސަލަތަކުގައި މިދިޔަ މަހު ކޮށްފައިވާ ޖޫރިމަނާގެ އަދަދު ޖުމްލަ 226،000ރ އަަށް އަރަ އެވެ. އެއީ:

  • ވޭޕު ކޮށްގެން 104،000ރ
  • އެފަދަ ތަކެތި ގެންގުޅެގެން 97،000ރ
  • ގަތުމާއި ވިއްކައިގެން 20،000ރ
  • ވޭޕާއި ގުޅޭ އެހެނިހެން މައްސަލަތަކުގައި 5000ރ

މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނުގައި ވާގޮތުން، ވޭޕް ބޭނުންކޮށް، ވިޔަފާރި ކުރުމުގެ އިތުރުން ހިލޭ ބެހިޔަސް،  ބޮޑެތި ޖޫރިމަނާތަކެއް ކުރާާނެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް