ކުރެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޅ. ކުރެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ނޭޒާ، ޢަބްދުލް ބާސިޠު ޙަސަންފުޅު (34އ) އެވެ.

މިގޮތުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުރެންދޫ ޕޮލިސް ގުޅިގެން މި ނޮވެންބަރު މަހުގެ 4 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކުރެންދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 7 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ ޢަބްދުލްބާސިޠު ޙަސަންފުޅު (34އ) 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް